Ad

ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނެ: ފުވައްމުލައް ސިޓީގެ މޭޔަރު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ސިޓީގެ މޭޔަރު ވިދާޅުވީ "ރައީސްގެ ޓީމާއެކު މަސައްކަތްކޮށް ފުވައްމުލަކަށް ބޭނުންވާ ތަރައްގީ ގެނައުމަށް ކައުންސިލްގެ އެއްބާރުލުން ލިބިގެންދާނެ. އަދި އެކަމުގައި ރައީސްގެ އެއްބާރުލުން ލިބިގެންދާނެކަމަށް ޔަގީންކުރަން." ކަމަށެވެ.

މޭޔަރުގެ ވާހަކަފުޅުގައި އިތުރަށް ވަނީ ރައީސުލްޖުމްހޫރިއްޔާއާއެކު ސިޓީ ކައުންސިލުން ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވައިފައެވެ.

އެގޮތުން މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ނުދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތެރެއިން އެ މަޝްރޫއު ފައްޓަވާ ދެއްވި ކަމަށްޓަކައި މޭޔަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ފުވައްމުލައް ސިޓީގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާފައިވާކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ބޯހިޔާވަހިކަމާއި ސިއްހީ ކަންކަން ހަރުދަނާ ކުރުމާމެދުވެސް މަޝްވަރާ ކުރެވުނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *