Ad

މިސަރުކާރު ހަވާލުވިއިރު 120 ބިލިއަން ދަރަނިއޮތް

ދެކުނުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ޝަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތަކީ 120 ބިލިއަން ރުފިޔާ އިން ރާއްޖެ ދަރުވާލާފައި އޮތް ވަގުތެއް ކަމަށެވެ.

މި ދަރަނީގެ ތެރޭގައި އެތެރޭގެ ދަރަނި ނުހިމެނޭ ކަމަށާއި ވެރިކަމަށް 13 ހަފްތާވެގެން ދިޔައިރު، ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. "ރާއްޖޭގެ އެތެރޭގެ ދަރަންޏަށް ބަލާއިރު، މުއައްސަސާތައް އޮތީ ދަރާ. ވުޒާރާތައް އޮތީ ދަރާ. ކުންފުނިތައް އޮތީ ދަރާ. މީގެއިތުރުން ރާއްޖޭގެ ގައުމީ ވަހްދަތު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތީ ލޮޅުން އަރާފައި. މިކަންކަމުން ދިވެހި ގައުމު ސަލާމަތް ކުރުމަށްޓަކައި ހިންމަތާއި ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ޒުވާން ވަރު ހުރި ރައީސެއްގެ ވެރިކަން 13 ހަފްތާގެ ތެރޭގައި ގުޑުވާލަން މަސައްކަތް ކުރަނީ އެއީ ކީއްވެގެންތޯ؟" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މިދިޔަ 13 ހަފްތާގެ ތެރޭގައި ވަރަށް ގިނަ ދާއިރާތަކުން ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *