Ad

ގައްދޫގެ އިޚްތިޞާސްގެ ތެރޭގައި ގދ. ގަން ހިމަނަނީ

ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅު ރަށެއްކަމުގައިވާ ގދ.ގަން އެރަށު ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދެކުނުގެ ރައްތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި ގައްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ގައްދޫ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ގަން ހިމެނުއްވުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕްއިނުގައި އެމަނިކުފާނު ވެ ވަޑައިގެންފައިވާ ވަޢުދެކެވެ. ގދ. ގަމަކީ ޒަމާނުއްސުރެ ގައްދޫ ރައްޔިތުން ތަފާތު އެކި ބޭނުންތަކަށް ގޮސް އުޅޭ ފަޅުރަށެކެވެ. އެގޮތުން އެރަށަކީ ގައްދޫ ރައްޔިތުން ފުޅާ ދާއިރާއެއްގައި އޮޅު އަލަ ހައްދައި އުޅުނު ރަށެކެވެ. އަދި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަތުރު ދިއުމާއި މޫދަށް އެރިއުޅުމަށް ގޮސްއުޅޭ ރަށެކެވެ.

ގަމަކީ ރާއްޖޭގެ އެންމެ ބޮޑު ފަޅު ރަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *