Ad

ޕެނަޑޯލް ބޭނުން ކުރުމުގެ ހުއްދަ އަލުން ދީފި

ދިވެހީން އާންމުކޮށް ބޭނުން ކުރަމުން އަންނަ ޕެނަޑޯލްއާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހެދި ޓެސްޓްތަކަށް ފަހު އަލުން އެ ބޭސް ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ ދީފިއެވެ.

ޕެނަޑޯލް ވިއްކުމާއި ބޭނުން ކުރުން އެމްއެފްޑީއޭއިން މަނާ ކޮށްފައިވަނީ ރާއްޖެ އެތެެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް 'ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން' ހަަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ހެދިއިރު، ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވުމުނެވެ.

އޮތޯރިޓީން ބުނީ އާންމު ގޮތެއްގައި އެފަދަ މައްސަލަ ދިމާވަނީ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ނުވަތަ، ބޭސް އުފެއްދުމުގައި ސަމާލުވާންވީ ކަންކަމަށް ނުބެލުމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *