ކޮވިޑަށް ފަހު އައްޑޫގެ ފަތުރުވެރިކަން އަދިވެސް ފިރުކެމުން ދިޔަ ނަމަވެސް ހުވަދު އަތޮޅުގައި ފަތުރުވެރިކަން ދަނީ ބަރާބަރަށް ހިނގަމުނެވެ. އެތައް ގަޑިއިރެއް ދަތުރުކުރުމަށްފަހު މޯލްޑިވިއަންގެ އަގުބޮޑު ޓިކެޓުގަނެ ފެންފޮދެއް އެކަނި ލިބޭ ފްލައިޓުގައި މާލޭން ހުވަދުއަތޮޅަށް ކޮނެމެ ދުވަހަކު އެތަށް ފަތުރުވެރިންނެ ދަތުރުކުރެއެވެ. މިއަދު އެކަނިވެސް ހުވަދު އަތޮޅަށް މޯލްޑިވިއަންގެ 7 ފްލައިޓް އެބައޮތެވެ.
މިހާރުވެސް ހުވަދޫގައި ހަނދަމުންދާ ރިސޯޓުތައް ހުރުމާއިއެކު 100އެއްހާ ފަޅުރަށް އެބައޮތެވެ. ހިއްކާނެ ފަޅު އެބަހުއްޓެވެ. ފަތުރުވެރިކަން މިއަތޮޅުގައި ސަރުކާރުން ފުޅާކުރަން ބޭނުންނަމަ ފުޅާކުރާނެ ޖާގަ މިއޮތީ ތަންމިނަށް ހުޅުވިފައެވެ. އަދި ގެސްޓް ހައުސް އާއި ސިޓީ ހޮޓާ ހިންގަން މި އަތޮޅުގެ ރައްޔިތުން ތިބީ ކެއްމަދުވެފައެވެ. ފަތުރުވެރިކަމުގެ އެނދުތަކުން ހުވަދޫ ފުރާލުން މިއީ އެއްދައުރުންވެސް ސަރުކާރަށް ކުރެވިދާނެކަމެއްކަން ޔަގީނެވެ.
ހުވަދޫ އަތޮޅަކީ ބިންބޮޑު ގިން ރައްތަކެއް ހުރި އަތޮޅެކެވެ. އަބަދުހެން މަސްވެރިކަން ރަނގަޅުހިސާބެކެވެ. މިހާރުވެސް ރާއްޖޭން ބޭރަށް ކަނޑުމަސް އެނެމެ ގިނައިން ބޭރުކުރާ އެއްރަށް ގއ ކޫއްޑޫވަނެއެވެ. ބައިނަލްއަގްވާމީ ވައިގެ ބަނދަރާއިއެކު ވައިގެ މަގުން ތާޒާމަސް ބޭރުކުރަން ފެށޭނެއެވެ. ހުވަދު އަތޮޅަކީ މީގެ އިތުރުން ގިނައަދަދަކަށް ލަނޑާ ބޭރުކުރާއަތޮޅެކެވެ އަދި ކަނޑު ގޮވާން ކުރުމަށް އެކަށިގެންވާ ކުޅިތަކާއި ފަޅުތަށް ގިނައަދަތަށް ހުރި އަތޮޅެކެވެ. މި ތަންތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިއްޖެ ނަމަ މި އަތޮޅުން ބޭރުކުރާނެ މުދާވެސް ގިނަ އަދަދަކަށް ލިބޭނެއެވެ.
ރާއްޖޭގައި މި ހިންގަނީ ތޯތޯ ރިސޯޓުތަކެއް ނޫނެވެ. އެނމެ އަގުބޮޑު މަތީފަންތީގެ މި ރިސޯޓުތަކަކީ ތާޒާމޭވާއަކީ ކޮންމެ ދުވަހަކު ބޭނުންވާ އެއްޗެކެވެ. ސްރީލަންކަން އައްޑޫސިޓީއަށް ޖައްސަން ފެށުމާއިއެކު ދެކުނުގައި އެންމެގިނަވި އެއްބާވަތަކީވެސް ތާޒާމޭވާއެވެ.
ރާއްޖޭގެ އިގްތިސާދު ބަދަލުކޮއްލުމަކީ ރައީސް ޑރ މުއިއްޒުގެ ވައުދެކެވެ. ރައީސް މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގައި ބިލިއަން ޑޮލަރުގެ އިންސްޓްމަންޓުގެ މަންޒަރު ހުވަދޫގައި ކުރަހައިމިދިނީ މި ވައުދާއިއެއްގޮތަށެވެ. ބައިނަލްއަގްވާމީ އެންމެ ވައިގެ ބަނދަރެއްގެ ބަދަލުގައި 2 ބަނދަރު އެޅުމަށް މި ސޮއިކުރެވުނީ ސަބަބެއް އޮތަތީއެވެ. އެއީ މާލެ ފިޔަވާ އެހެން ސަރަހައްދެއްގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް ހިންގުމަށްބޭނުންވާ ހުރިހާ އުންސުރެއް ހަމަވަނީ ހުވަދޫގައި ކަމަށްވާތީއެވެ.