Ad

ގައުމު މި ހާލަތަށް ވައްޓާލީ އެމްޑީޕީން: ރައީސް ޔާމީން

ރާއްޖެ މި އޮތް ހާލަތަށް ވައްޓާލީ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ކަމަށާއި އެ ކަމުގެ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

 

ޕީޕީއެމުން ވަކިވެވަޑައިގެން އަމިއްލަފުޅަށް އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ސިލްސިލާ ބައްދަލުވުމުގައި އޯޑިއެންސްގައި އިންނަވައިގެން ޔާމީން ވިދާޅުވީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި ކަން ހިނގި ގޮތުގެ ހަގީގަތް ރައްޔިތުންނަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

 

މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވީ ގައުމު ހިންގުމާއި ދަރަނި ފިލުވަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީން ބުންޏަސް އޭގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *