Ad

ދިއްދު އަށް ރައީސް ދެއްވީ ހޮސްޕިޓަލް، އެއާޕޯޓު، ގެދޮރުވެރިކަމުގެ ޔަގީންކަން!

އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުއިއްޒު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ދިއްދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ދިއްދު އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުގެ މަތީގައި އަދިވެސް ދެމިހުންނެވި ކަމަށެވެ. އަދި ދިއްދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވައި ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިއްދޫ އަށް ބަލާއިރު، އެންމެ މުހިންމު އެއް ކަމަކީ ސިއްހީ ނިޒާމު ވަރުގަދަ ކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންވެ، ރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރު ރަނގަޅު، ގިނަ ހިދުމަތްތައް ލިބޭ އާ ހޮސްޕިޓަލެއް މި ދައުރުގައި އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދިއްދޫގައި އަޅާ ހޮސްޕިޓަލް ވެގެންދާނީ އަތޮޅަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ހޮސްޕިޓަލަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

"އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން އިރާދަކުރެއްވިއްޔާ." ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *