Ad

ރައީސުލްޖުމްހޫރިއްޔާ ހދ. ނޮޅިވަރަންފަރު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ނޮޅިވަރަންފަރު ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން މަގު ހެދުމާއި ސުކޫލުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ޕޮލިސް ސްޓޭޝަން ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާތަކުގެ މުވައްޒިފުންގެ މުސާރަ ބޮޑުކޮށްދެއްވުމަށާއި، ދަތުރުފަތުރުގެ ޚިދުމަތް މިހާރަށްވުރެ ލުއިފަސޭހަކޮށް ފޯރުކޮށްދެއްވުމަށް އެދޭކަމަށާއި، ޒުވާނުންނަށް ކުޅިވަރު ކުޅުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވައި، ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު މިހާރު ބަޖެޓުގައި ހިމެނިފައިހުރި ކަންކަން ކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާ ވަޢުދު ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރަށް ބަހައްޓަވާ ގާތްކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަންފަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އ.ތ.މ ކޮމިޓީގެ ބަޖެޓް އިތުރުކުރަން ޖެހިފައިވާކަން ޤަބޫލުފުޅު ކުރައްވާކަން ފާހަގަކުރައްވައި، އެކަން ހާސިލުކުރުމުގެ މަސައްކަތްކުރުމަށް ބެނުންފުޅުވާ ގޮތްތައް، ކައުންސިލް މެންބަރުންނާ ހިއްސާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *