Ad

ކިނބޫ ބޭރުކަނޑަށް ދޫކޮއްލައިފި

ށ.އަތޮޅު ފަރުކޮޅުން ފެނުނު ކިނބޫ ރާއްޖެ ނާދެވޭ ހިސާބަށް ބޭރު ކަނޑަށް ދޫކޮށްލައިފިއެވެ.

ފަރުކޮޅަށް ދަތުރު ދިޔަ ބަޔަކަށް ފެނުނު ކިނބުލާއި އެމްއެންޑީއެފުން ވަނީ ހަވާލުވެފައެވެ. އަދި އިއްޔެގެ ވަގުތެއްގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ދޫކޮށްލާފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކިނބޫ ދޫކޮށްލެވުނީ އޮއިވަރު ހުރި ގޮތަށް ބަލާފައި ކިނބޫ އަނބުރާ ރާއްޖެ އައުމުގެ ފުރުސަތު ކުޑަވާ ގޮތަށް ބޭރު ކަނޑަށް ކަމަށެވެ.

ހޮނިހިރު ދުވަހު ފެނުނު ކިނބުލުގައި 12 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ބައެއް މީހުން ބުނެއެވެ.

ފަރުކޮޅަށް ދަތުރު ދިޔަ މީހުންނަށް ކިނބޫ ފެނިގެން އެ ހިފަން ފުރަތަމަ ކުރި މަސައްކަތް ނާކާމިޔާބުވެ ރަށަށް އަރައި އޮތް ކިނބޫ ވަނީ މޫދަށް ފައިބައިގެން ގޮސްފައެވެ. އޭގެ ފަހުން ފުލުހުންނާއި އާންމުންގެ ބަޔަކު ގުޅިގެން ވަނީ ކިނބޫ ހިފައިފައެވެ.

އިރުވައި މޫސުމާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުން މަދުން ނަމަވެސް ކިނބޫ ފެނެއެވެ. ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓު ކައިރިން ވެސް މިދިޔަ މަހު ފަހުކޮޅު ކިނބުލެއް ފެނިފައިވެއެވެ. ނުވަ ފޫޓުގެ އެ ދިގު ކިނބޫ ހިފީ ސިފައިން އެ ރަށަށް ގޮސްގެންނެވެ. އެ ކިނބޫ ހިފުމަށް ފަހު ވެސް ސިފައިން ވަނީ ބޭރު ކަނޑަށް ދޫކޮށްލައިފައެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *