Ad

3-1 ގެ ނަތީޖާއަކުން ޗެލްސީއިން ނިއުކާސަލް ބަލިކޮއްފި

ކޯލް ޕަލްމާ ވިދާލި މެޗުން ޗެލްސީ މޮޅުވެއްޖެއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލްއާއި ވާދަ ކުރިމެޗް ޗެލްސީއިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ރީތި ކުޅުމެއް ފެނުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ޗެލްސީއިންނެވެ. ޕަލްމާގެ އެހީތެރިކަމާއިއެކު މި ލަނޑު އެޓީމަށް ޖަހައިދިނީ ޖެކްސަން އެވެ. ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ނިއުކާސަލްއިން ވަނީ ނަތީޖާ ހަމަހަމަކޮށް ބްރޭކުގެ ކުރިން ހިތްވަރު ހޯދާފައެވެ.

ދެވަނަ ހާފުގައި ވެސް ޗެލްސީ ފެނިގެން ދިޔައީ ނުރައްކާކޮށެވެ. އެޓީމިގެ ޕަލްމާގެ ހިތްގައިމު ލަނޑުން ޗެލްސީ ލީޑު ނެގިއިރު  ޗެލްސީގެ މުޑްރީކް ވަނީ އެޓީމުގެ 3ވަނަ ލަނޑު ޖަހައިފައެވެ. އެނާ މި ލަނޑު ޖެހީ ނިއުކާސަލްގެ ޑިފެންސް ތެރެއިން ދެމިގަނެ ކީޕަރު ވެސް ބީޓުކުރުމަށްފަހުއެވެ.

މި ނަތީޖާއާއެކު ޗެލްސީއޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ. ނިއުކާސަލް އޮތީ އެއްޕޮއިންޓް އިތުރަށް ހޯދައިގެން ތާވަލުގެ 10 ވަނައިގައެވެ. ދަށް ނަތީޖާތަކާއިއެކު ލީގުގައި ގިނަ މައްސަލަތަކެއް ޗެލްސީއަށް ދިމާވެފައިވާއިރު ޗެމްޕިއަންސްލީގުން އެޓީމު ފެނުމަށްވުރެ ނުފެނުން ގާތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *