Ad

ފައިތިލައިގެ ދުޅަހެޔޮ ކަމަށް ފަރުވާ ކުޑަނުކުރޭ!

ފައިތިލަ އަކީ ވަރަށް ފަސޭހައިން ބެކްޓީރިއާ ޖަމާވެ ހާލި ހަދާ ތަނެކެވެ. އެކަމާ ދުރަށް ދެވޭނީ ކޮންމެ ދުވަހަކު ވެސް ފައިގެ ދުޅަހެޔޮ ކަމާމެދު ޚާއްސަ ސަމާލުކަމެއް ދީގެންނެވެ.

1 . ކޮންމެ ދުވަހަކު ފައިތިލަ ދޮވުން

މިއީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުން ލާޒިމެކެވެ. ފައިތިލައިގެ ދުޅަހެޔޮކަން ދެމެހެއްޓޭނީ މިއާދަ ހިފަހައްޓައިކެން ކަމަށް ވާތީ އެވެ. ސައިބޯންޏާއި ސްކްރަބް ކުރަން ބޭނުންކުރާ ޚާއްސަ ސްޕޮންޖަކުން ކޮންމެ ދުވަހަކު އެއްފަހަރު ރަނގަޅަށް ފައި ސްކްރަޕްކޮށްލައި، ސާފުކޮށްލާށެވެ. އޭރުން ފައިގެ ހުރިހާ ބެކްޓީރިއާއެއް ފިލުވާލެވޭނެ އެވެ. ކަންނެތް ނުވެ މިކަން ކުރަން ފަށާށެވެ.

2 . ފައި ހިއްކުން

އަބަދުވެސް ތިމާގެ ފައި ހިއްކާފައި ބަހައްޓާށެވެ. ފައިތިލަ ތެމިފައި ގިނައިރު ހުރެއްޖެނަމަ ވަރަށް ފަސޭހައިން ޖަރާސީމް އަށަގަނެ، ފައިގެ ދުޅަހެޔޮކަން ގެއްލުވާލުމަށް އެސޮރުމެން މަސައްކަތްކުރެ އެވެ. އެ ފުރުސަތު ނުދޭން ބޭނުން ނަމަ ތިމާގެ ފައި ރަނގަޅަށް ހިއްކާލާށެވެ.

3 . މޮއިސްޗަކުރިން

ފައިގެ ތެލުގެ ފަށަލަ ހިކިގެން ދިއުމުގެ ސަބަބުން ހަންގަނޑު މަރުވެ، ހަމުގެ ނާޒުކުކަން ގެއްލި ހިނގައިދާނެ އެވެ. އެހެންކަމުން ސާފު ތުވާއްޔަކުން ނުވަތަ ފޮތިކޮޅަކުން ފައި ހިއްކާލުމަށް ފަހު އަބަދުވެސް ފައިގަ މޮއިސްޗަރައިޒައެއް އުނގުޅާލާށެވެ. މާ އަގުބޮޑު ޕްރޮޑަކްޓެއް ނޫނަސް އެންމެ ރަނގަޅުވާނެ އެވެ. ކާށި ތެލަކީވެސް މިކަމަށް ހަމަ އެއްވަނައިގެ އެއްޗެކެވެ.

4 . ފައި ސްކްރަބް ކުރުން

ފައިތިލައިގައި ހުންނަ މަރުވެފައިވާ ހަންތަކާއި ހަރުއަރާފައި ހުންނަ ތަންތަންކޮޅު ސްކްރަބްކޮށް ރީތިކޮށްލުމަކީ ފައިގެ ދުޅަހެޔޮކަމަށްޓަކައި ދަމަހައްޓަން ޖެހޭ މުޙިއްމު އާދައެކެވެ. ފެނަށް ގިރިގެން ނުދާ ފަދަ ސްކްރަބް ޝީޓެއް ހޯދާށެވެ. އަދި ފުޓް ސްކްރަބް ކުރުމަށް ހާއްސަ އުފެއްދުމެއް ބޭނުންކޮށްގެން މިކަން ކުރަމުން ގެންދެވިދާނެ އެވެ. އެޕްރިކޮޓް ސްކްރަބަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ބާވަތެކެވެ.

5 . ހުސްފަޔާ ހިނގުން ދުރުވުން

ހުސްފަޔާ ހިނގުމާ ދުރުވާށެވެ. ހުސްފަޔާ ހިނގުމުގެ ސަބަބުން ފައިގެ ދަށްފުށުގެ ސިއްޚީ ހާލަތު ދަށްވެ، ތަފާތު ޖަރާސީމުތައް އުފެދި، ނުބައި ވަސް ދުވުމާއި މިނޫންވެސް ވަރަށް ގިނަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ.

6 . ދާނުހިއްލާ އިސްތާކީނު

ފައިން ދާހިއްލުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ އުނދަގޫ މައްސަލައެކެވެ. މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ދާ ނުހިއްލާޒާތުގެ އިސްޓާކީނު ބޭނުންކުރުމެވެ. އަދި ކޮންމެ ދުވަހަކު ވެސް އިސްޓާނު ބަދަލުކުރާށެވެ. އިސްޓާކީނު ދޮންނާނީ އެހެން ދާއެއްޗެއްސާ މުޅިން ވަކިންނެވެ. ޑިސްއިންފެކްޓް ވެސް ކޮށްގެންނެވެ.

7 . އަރާ ފައިވާން

އެހާ ތުނި، ތިލަ ފައިވާނަށް އެރުވުމުގެ ބަދަލުގައި އެކަށީގެންވާ އުސްމިނެއް ފައިވާނުގައި ބަހައްޓާށެވެ. އެހެންނޫނީ ގެއަށް ދާއިރު ދެފައިތިލަ ހީވާނީ ޖަރާސީމުގެ ހާއްޔެއް ހެންނެވެ. އަދި ފައިގެ ސާފުތާހިރުކަންވެސް އެހާމެ ދަށްވާނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *