މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުން ޝިޔާމް އިބްރާހިމް ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސް ގައި ކޮށްފައިވާ ޕޯސްޓް ގައި ބުނެފައިވަނީ މޯލްޑިވެސް ޕޯރޓްސް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން ގއ. ދެއްވަދޫ، އޯޝަންރީޑް އަލްފާޟިލް ޝިޔާމް އިބްރާހިމްވަކިކޮށްފައިވާ ކަން ހާމަކޮށްފައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމުގައި ހުންނެވި ގއ. ދެއްވަދޫ، އޯޝަންރީޑް އަލްފާޟިލް ޝިޔާމް އިބްރާހިމް މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ .
— Privatization & Corporatization Board (@pcb_gov) March 10, 2025
މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު ވެސް އެ މަގާމުން ވަކިކޮށްފައެވެ. އެއަށްފަހު އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް އައްޔަނުކޮސްފައިވަނީ ކުރީގެ އެސިސްޓެންޓް ކޮމިޏަސަރ އޮފް ޕޮލިސް ކަން ކުރައްވާފައިވާ މުހައްމަދު ރިޝްވާން އެވެ.




