ފުލުހުންނާ ސިފައިން ގުޅިގެން ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ފަށައިފި އެވެ.
އެކަން ހާމަކޮށް ފުލުހުން ބުނީ އެ މުވައްސަސާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސަރަހައްދުގައި މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ސިފައިންނާ ގުޅިގެން ކުރިއަށްދާނެ ކަމަށާއި، އަދި އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނުވަރަކުން ހާމަކުރަމުންގެންދާނެ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ." ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
މި އޮޕަރޭޝަނާ ބެހޭ އެއްވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.




