ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއް އަނބުރައި ދައްކައިފިއެވެ.
އެމްޑީޕީ ސަރުކާރުގައި 2022 އަހަރު ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނެގި މި 100 މިލިއަން ޑޮލަރުގެ ލޯނަކީ 7.15 އިންސައްތަ އިންޓަރެސްޓު ރޭޓުގައި 3 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަން އެނގިފައިވެ އެވެ. އެ ރޭޓުން ބަލާނަމަ، އެ ލޯނު އަނބުރާ ދައްކާއިރު އިތުރަށް 26 މިލިއަން ޑޮލަރުގެ އިންޓަރެސްޓްގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.
ކާގިލް ފައިނޭންސްގެ 100 މިލިއަން ޑޮލަރު އޭރުގެ ސަރުކާރުން ނަގާފައިވަނީ 2022 ވަނަ އަހަރު ބަޖެޓްގެ ތާށިކަން ވަރަށް ބޮޑުވުމާ ގުޅިގެންނެވެ.




