ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން އިން އދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ދެމެދަށް ރީނދޫ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓް ގައިވަނީ މިރޭގެ ދަންވަރު 1:30 އިން ފެށިގެން ހެނދުނު 6:30 ގެ ނިއަލަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ފައެވެ.
ރާއްޖެއަށް މިކުރާ ވިއްސާރައަކީ، ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން އަންގާރަ، ބުދަ މި ދެދުވަހުވެސް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.




