ޕްރައިވަޓައިޒޭޝަން، އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމަށް މުޙައްމަދު އަނަސް ގއ. ދެއްވަދޫ، ދޭލިޔާގެ އަލްފާޟިލް މުޙައްމަދު އަނަސް އައްނުކުރައްވައިފި އެވެ.
ރައިސޫލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޕީސީބީގެ ރައީސްގެ މަގާމަށް މިއަދު އައްޔަނުކުރެއްވި ގއ. ދެއްވަދޫ، ދޭލިޔާގެ އަލްފާޟިލް މުޙައްމަދު އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމް ހިމެނެއެވެ.
އަދި އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޕީސީބީ ގެ ރައީސް ކަމުގެ މަޤާމަށް އަނަސް އައްޔަނުކުރައްވާފައި މިވަނީ ކުރިން ހުންނެވި ހަމްދީ އަގީލް އެ މަޤާމުން މިދިޔަ މަހު އެ މަޤާމުން ވަކިކުރެއވުމަށް ފަހުގައެވެ.