ބ. ދަރަވަންދޫގައި ދެމަފިއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ފިރިމީހާ ޒަހަމްވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ހިނގި އެ މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެރޭ ދަންވަރު 1:52 ހާއިރު ކަމަށާއި، ޒަހަމްވި ފިރިހެން މީހާއަށް ބ. އޭދަފުށީ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށާއި އަދި އެ މައްސަލަ އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އޭނަ އަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހާމައެެއް ނުކުރެ އެވެ.




