އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އީލޮން މަސްކުގެ ދަރިފުޅު "އެކްސް" އެއާފޯސް-ވަން ގެ ހެލިކޮޕްޓަރަށް އުރާލައިގެން އަރުވާ ވީޑިއޯއަކަށް ސަމާލުކަން ލިބި ވަރަށް އެ ވީޑިއޯ ވަރަށްބޮޑު ބަހުސަކަށް ވެއްޖެއެވެ.
މި މަހުގެ 14 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އެމަނިކުފާނުގެ އެންމެ ގާތްބައިވެރިޔާ އީލޮން މަސްކުގެ ދަރިފުޅު 4 އަހަރުގެ އެކްސް އުރާލައިގެން ހެލިކޮޕްޓަރަށް އަރާވަޑައިގަތް ވީޑިއޯ މިހާރުވަނީ ދުނިޔޭގެ މީޑިއާގައި ތަފާތު ބަހުސްތައް ކުރެވޭ ވީޑިއޯއަކަށް ވެފައެވެ.
އެމަނިކުފާނު އެއާފޯސްވަން ގެ ހެލިކޮޕްޓަރުގައި ކުރެއްވި އެ ދަތުރުފުޅަކީ އެމަނިކުފާނުގެ އެންމެ ގާތްބައިވެރިޔާ އަދި ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީގެ އިސްކޮށް ހުންނެވި ރައީސްގެ ސީނިއާ އެޑްވައިޒަރު އީލޮން މަސްކް އާއިއެކު ފްލޮރިޑާގެ ޕާމް ބީޗުގައި ހުންނަ ޓްރަމްޕްގެ މާ-އަ-ލާގޯ ރިސޯޓަށް ކުރެއްވެވި ދަތުރު ފުޅެކެވެ. އެ ދަތރުފުޅުގައި އީލޮން މަސްކުގެ 4 އަހަރުގެ އެކްސް ބައިވެރިވިއިރު، ވައިޓްހައުސްއިން ނިކުމެގެން އެއާފޯސް ވަންގެ ހެލިކޮޕްޓަރަށް އަރަން ވަޑައިގަންނަވާއިރު ރައީސް ޓަރަމްޕްގެ އަރިހުގައި އީލޮންމަސްކުގެ ދަރިފުޅު އެކްސް ހިންގަވާފައި ވަޑައިގަންނަވައެވެ. އަދި ހެލިކޮޕްޓަރަށް އެކްސް އެރުވުމަށްޓަކައި ރައީސް ޓްރަމްޕް އެހީތެރިވެދިނުމުގެ ގޮތުން އުރާލައިގެން އަރާވަޑައިގަންނަވައެވެ.
Donald Trump takes care of Lil X like a grandpa
Great duo! pic.twitter.com/PEA3WJvJZJ— Pauline (@justpaulinelol) March 14, 2025
މީސްމީޑިއާގައި ތަފާތު ގޮތްގޮތަށް އެވީޑިއޯ މާނަކުރަމުން ގެންދާއިރު ބައެއް ފަރާތްތަކުން ބުނަނީ ރައީސް ޓަރަމްޕް އަކީ މިހާރު އީލޮން މަސްކުގެ ދަރިން ބަލަހައްޓާ މީހާއަށް ވެފައިވާ ކަމަށާއި، ޓްރަމްޕްގެ ދަރަޖަ އަކީ އީލޮން މަސްކުގެ ގޭގައި ގެންގުޅޭ މީހެއްގެ ދަރަޖަ ކަމަށެވެ.
އެހެން ބައެއް ފަރާތްތަކުން ވަނީ އީލޮން މަސްކް އެއްވެސް ވަގުތެއް ނުދެއްވައި ހުރިހާ ކަމެއް ގައި ޓްރަމްޕް އަށް ނުފޫޒު ފޯރުވަމުންދާކަން ވީޑިއޯއިން ހާމަވަާކަމަށް ބުނެފައެވެ.




