ކުދި އަދި މެދުފަންތީގެ ވިޔާފާރިތަކުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުދި އަދި މެދުފަންތީގެ ވިޔާފާރިތަކަށް ދުކުރާ "ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ވިޔަފާރި އެހީ" ލޯނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރައްވާ ފަރާތްތަކުގެ ތެރެއިން ފާއިތުވި އެއް އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރި ކުރަމުން އަންނަ ފަރާތަކަށް އެސްޑީއެފްސީ އިން ހުޅުވާލާފައިވާ ލޯނު ސްކީމެކެވެ. އެގޮތުން އެފަދަ ވިޔާފާރިތަކުން ދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ޚަރަދުތައް ކުރުމަށް ލޯނު ބޭނުން ކުރެވޭނެ ކަމަށް އެސްޑީއެފްސީ އިން ބުނެފައިވެއެވެ.

މި ލޯނު ސްކީމުގެ ދަށުން އެންމެ ގިނަވެގެން ދޫކުރެވޭނެ އަދަދަކީ 1.5 މިލިއަން ރުފިޔާ އެވެ. ނަމަވެސް 7 ލައްކަ ރުފިޔާއަށްވުރެ މަތީގެ އަދަދެއް ނެގުމަށް ހުށަހަޅާނަމަ ރަހުނެއް ބަހައްޓަން ޖެހޭނެ ކަމަށް އެސްޑީއެފްސީ އިން ބުނެފައިވެއެވެ.އަދި  %9.5 އިންޓަރެސްޓް ރޭޓްގައި ދޫކުރާ މިލޯނުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި 6 މަސްދުވަސް ދޭއިރު ލޯނު ދައްކެމުށް ކަނޑައަޅާފައިވާ މުއްދަތަކީ 5 އަހަރު ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެސްޑީއެޕްސީގެ ވެބްސައިޓަށް ވަދެ ލޯނަށް އެޕްލައިކުރުމުގެ އިންތިޒާމުވެސް ހަމަޖެހިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *