ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ހިގަމުންދާގޮތް ބައްލަވާލައްވައިފިއެވެ.
ޒިޔާރަތް ކުރައްވައި، ޓަރމިނަލު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
ރައީސް ވެލާނާ އެއާޕޯޓަށް ވަޑައިގެންނެވުމުން ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިންނާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އިސްވެރިން ވަނީ އެއާޕޯޓްގެ މަސައްކަތްތަކުގެ މައުލޫމާތު އަރުވައިފައެވެ.
އައު ޓަރމިނަލުގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަޞީލަތްތަކާއި ޚިދުމަތްތަކާބެހޭ އިތުރު މަޢުލޫމާތުވެސް ރައީސް އަށް އަރުވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކުރާ ޓަރމިނަލަކީ އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓަރމިނަލެކެވެ.




