ހުޅުމާލެ ލަކުޑިޖެޓީގައި ހުރި ދަބަހަކާއި ފޮށިގަނޑަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފި އެވެ.
ފުލުހުން ބުނީ މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ލަކުޑި ޖެޓީގައި ބަނގުރާ ދަޅުތަކެއް ހިފައިގެން މީހަކު ހަރަކާތްތެރިވާކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން ހިންގި އޮޕަރެޝަނެއްގައި ފޮށިގަނޑަކާއި ދަބަހެއް ބަލައި ފާސްކުރުމުގެ ތެރޭއިން ގިނަ އަދަދރެއްގެ ބަނގުރާ ފެނިފައިވާ ކަމަށެވެ.
އަދި ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި ލަކުޑި ޖެޓީގައި ހުރި ދަބަހަކާއި ފޮށިގަނޑުން 14 ފުޅި ބަނގުރާ އަދި 72 ދަޅު ބަނގުރާ ފެނިފައިވާކަމަސްވެސް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




