ރޯދަމަހުގެ ފުރަތަމަ 10 ގެ ތެރޭގައި ބަދުއަހްލާގީ 15 މައްސަލައާއި ކުޑަކުދިންނާ ބެހުމުގެ 16 މައްސަލައާއި ގެވެށިއަނިޔާގެ 19 މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށް ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރޯދަމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 692 ހާދިސާއަކަށް ފުލުހުން ވަނީ އެޓެންޑް ވެފައެވެ. އަދި އެ މުދަތުގައި 148 ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
އަދި ހަމަ އެ މުއްދަތުގައި ބަދުއަހްލާގީ 15 މައްސަލައަކާއި ކުޑަކުދިންނާ ބެހުމުގެ 16 މައްސަލައެއް އެ މުވައްސަސާއަށް ހުށަހަޅާފައިވެއެވެ.
Crime Statistics: First 10 Days of Ramadan
In the first 10 days of Ramadan, MPS recorded 692 incidents and 148 arrests. The most reported cases include theft (147), drug-related crimes (110), and traffic accidents (153).
Let’s work together to keep our communities safe. pic.twitter.com/QDoB0Ft4Ga
— Maldives Police (@PoliceMv) March 19, 2025
އެ މުއްދަތުގައި އެއްމެ ގިނައިން ހުށަހެޅިފައިވަނީ އެކްސިޑެންޓް ތަކާ ގުޅޭ މައްސަލަތަކެވެ. އެގޮތުން އެކްސިޑެންޓާ ގުޅޭ 153 މައްސަލަ ހުށަހަޅާފައިވާއިރު މަސްތުވާ ތަކެއްޗާގުޅޭ 110 މައްސަލައާއި، ވައްކަމާގުޅޭ 147 މައްސަލަ އަދި ފޭރުމުގެ 8 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ބިރު ދެއްކުމުގެ 38 މައްސަލައަކާއި ސައިބާ ކްރައިމްއާ ގުޅޭ 7 މައްސަލައަކާއި ސްކޭމްގެ 70 މައްސަލަ ވެސް އެ މުއްދަތުގައި ފުލުހުންނަށް ހުށަހަޅާފައިވެއެވެ.




