އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރ އަދި ކިންގ އޮފް ރޮމޭންސް ޑައިރެކްޓަރ ކަރަން ޖޯހަރް ފުރަތަމަ ފަހަރަށް ޗުއްޓީއަށް ރާއްޖެ އައިސްފިއެވެ.
ކަރަންޖޯހަރް އަކީ ބޮލީވްޑް ގެ އެއްމެ ނުފޫޒް ގަދަ އެއް ފަރާތެވެ. އަދި ލޯބީގެ ފިލްމުތަށް ޑައިރެކްޓް ކުރުމުގައި ދަރްމާ ޕްރޮޑަކްޝަން އަކީ އިންޑިއާގެ އެއްމެ ކާމިޔާބް ޕްރޮޑަކްޝަން ހައުސް އެވެ.
ކަރަން ޖޯހަރު ޑައިރެކްޓް ކޮސްފައިވާ ސްޕަރހިޓް ފިލްމް ތަކުގެ ތެރޭގައި ކުޗް ކުޗް ހޯތާ ހޭ އާއި، ކަބީ އަލްވިދާ ނާ ކެހެނާ އާއި، މައި ނޭމް އިޒް ޚާން، އާއި، ސްޓޫޑެންޓް އޮފް ދި އިޔާ އާއި، އޭ ދިލް ހެ މުޝްކިލް ހިމެނެއެވެ.
ކަރަންޖޯހަރަކީ 2024 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރާ ގުޅޭގޮތުން ރާއްޖެއާ މެދު އުފެދުނު ނުތަނަވަސްކަމުގައި އިންޑިއާއި އިންޑިއާގެ ބޮޑުވަޒީރުގެ ދިުފާއުގައި ނިކުންނެ ބޮލީވްޑްގެ އިސް ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.




