އީލޮން މަސްކް އަކީ މިހާރު ދުނިޔޭގައިހުރި އެންމެ މުއްސަނދި މީހާގެ އިތުރުން މިހާރު ދުނިޔޭގައި އެންމެ ނުފޫޒުގަދަ ވިޔަފާރި ވެރިޔާއޭވެސް ބުނެވިދާނެއެވެ.
އެމެރިކާގެ ވެރިކަމަށް ޑޮނާލްޑް ޓްރަމްޕް ގެންނަން އީލޮން މަސްކު ކުރި މަސައްކަތް ކާމިޔާބުކޮށް އޭނާ ބޭނުންވާ ގޮތަށް އެމެރިކާގެ ކަން ތަރުތީބުކުރަމުން ދާދިއުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ރައީސް ޓްރަމްޕް އާއެކު މަސްކް ބޭނުންވާ ކަންކަމާއި ބަދަލުތައް ދަނީ ގެންނަމުންނެވެ.
އެހެންކަމުން އީލޮން މަސްކް އާއި ދޭތެރޭ އެމެރިކާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފާޑުކިޔުނތައް އަމާޒުކުރަމުންނެވެ. އެގޮތުން އީލޮން މަސްކް އަކީ އެހެން މީހުންނާ ދޭތެރޭ ފަރުވާލެއް ނުބަހައްޓާ މީހެއްކަމަށް ދަނީ ބުނަމުންނެވެ. އެ ވާހަކަތަށް އުފަންވެފައިވަނީ ޓްރަމްޕް ގެ ވެރިކަމުގައި އުފެއދެވި ޑިޕާޓްމަންޓް އޮފް ގަވަރުމަންޓް އެފިޝިއެނެސީ ހިންގަވާ ފަރާތަކީ އިޅޮން މަސްކް ކަމަށްވެފައި އެ ޑިޕާޓްމަންޓުން މިހާރު ފަށާފައިވާ އެމެރިކާގެ ފެޑެރަލް މުވައްޒަފުން މަދުކުރުމުގެ ސިޔާސަތުގެ ސަބަބުންނެވެ.
ނަމަވެސް އީލޮން މަސްކުގެ ވިޔަފާރި ތަކުގައި ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އޭނާގެ މުވައްޒަފުންނާ ދޭތެރޭ ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެއެވެ. އެގޮތުން ފުލްޓައިމް ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ލިބޭ އިނާޔަތް ތަކާއި މުސާރަ އިންޓާން ގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ދެމުންދާ ކަމަށް ބުނެއެވެ.
އެކަން ވީ ވަރަށް ގިނަ ފަރާތްތަކެއް ހައިރާންކުރުވަނިވި ކަމަކަށެވެ، ސަބަބަކީ ހަރަދު ކުޑަކުރުމުގެ ފޯރި ވަރަށް ބޮޑަށް ދައްކަވަމުންގެންދަވާ މަސްކުގެ ވިޔަފާރިތަކުން އެ މަންޒަރު މުޅިން އެހެން ގޮތަކަށް ފެނުމެވެ.
ސްޕޭސް ކްރޫ ވެބްސައިޓްގައި ވާގޮތުން އެކްޓިވް ދަރިވަރުންނަށް ސްޕޭސް އެކްސްގައި ޕޭޑް އިންޓާންޝިޕް ދެނީ ގްރެޖުއޭޓްންނަށް ހުޅުވާލެވިފައިވާ އެސޯސިއޭޓް އިންޖިނިއަރުގެ ފުރުސަތުފަދައިންނެވެ. މީގެ އިތުރުން ރިލޮކޭޝަން އެސިސްޓަންސް، އެ ކުންފުނީގައި "ގޯމެޓް" ކާބޯތަކެތީގެ އޮޕްޝަން، ހެލްތް އިންޝުއަރެންސް ކަވަރޭޖް އަދި ހިލޭ ޖިމް މެމްބަރޝިޕް ފަދަ އިނާޔަތްތައް ވެސް އެ ކުންފުނިން ދެ އެވެ.
ގްލާސްޑޯގެ ރިވިއުތަކަށް ބަލާއިރު އެވްރެޖްކޮށް ސްޕޭސް އެކްސް އިންޓާނަކަށް އަހަރަކު ގާތްގަނޑަކަށް 63،716 ޑޮލަރު ނުވަތަ މަހަކު 5،309 ޑޮލަރު ލިބެ އެވެ. މިއީ އެމެރިކާގައި އިންޓާންޝިޕްތަކަށް އެވްރެޖްކޮށް ދޭ ސްޓެއިޕެންޑަށް ވުރެ 57 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
އެ ކުންފުނީގެ ވެބްސައިޓް ގައި ހިމަނާފައިވާ ބިޒްނަސް އޮޕަރޭޝަންސް އިންޓާންޝިޕް އިޝްތިހާރެއްގައި ވަނީ އިންޓާނަކަށް އަހަރަކު 43،680 ޑޮލަރު އާއި 54،080 ޑޮލަރާ ދެމެދުގެ އަދަދަކަށް އިންޓާން އެއް ލިބޭ ގޮތަށެވެ. އަދި ގްރެޖުއޭޓް އިންޖިނިއަރަކަށް އަހަރަކު 83،200 ޑޮލަރާއި 100،100 ޑޮލަރާ ދެމެދުގެ މުސާރައެއް ލިބޭ ގޮތަށެވެ.
ފޯލް/ސްޕްރިންގް އިންޓާންޝިޕް ސެޝަންގައި ނާސާއިން އެންމެ ބޮޑު މުސާރައެއް ލިބޭ މަގާމުތަކަށް ކުރިމަތިލާ ދަރިވަރުންނަށް ލިބެނީ 4 މަހުގެ ޕްރޮގްރާމެއްގެ ދަށުން 14،400 ޑޮލަރު އެވެ.




