އީދު ބަންދާ ދިމާކޮށް މަންޓާ އެއާލައިންގެ ދަތުރުތައް އިތުރުކޮށްފި އެވެ.
މަންޓާ އެއާލައިނުން ބުނީ އީދު ބަންދާ ދިމާކޮށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެ، ޑިމާންޑު ބޮޑުވާތީ އެ އެއާލައިނުން ދ. ކުޑަހުވަދޫ އެއާޕޯޓާއި ބ. ދަރަވަންދޫ އެއާޕޯޓާއި ރ. އިފުރު އެއާޕޯޓު އަދި ޅ. މަޑިވަރު އެއާޕޯޓަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކުރަން ނިންމާފައިވާ ކަމަށާއި، އަދި އެ ދަތުރުތަށް ޕަސިންޖަރުންނަށް ލުއި ދަތުރުތަކަކަށް ހަދައިދިނުމަށްޓަކައި އެ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީީ އޭޓީއާރު 600-72 އެއާކްރާޕްޓްތައް ކަމަށެވެ.
މަންޓާ އެއާ އަކީ ވައިގެ މަގުން ޑޮމެސްޓިކް އަދި ސީޕްލޭން ގެ ހިދުމަތް ދެމުންއަން ކުންފުންޏެކެވެ.




