އިމިގްރޭޝަނަށް 75 އަހަރު ފުރުމުގެ މުނާސަބާގައި އެ ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް ރައީސް ޑރ.މުއިއްޒު ތަހުނިޔާ ފޮނުވައިފި އެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމިގްރޭޝަންގެ ޚިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަަސް ޔޫބީލްގެ މުނާސަބަތުގައި، މި ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް މަރްޙަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ.
އިމިގްރޭޝަންގެ ޚިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަަސް ޔޫބީލްގެ މުނާސަބަތުގައި، މި ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް މަރްޙަބާއާއި ޝުކުރު ދަންނަވަން. pic.twitter.com/JkiuyTtAZW
— Dr Mohamed Muizzu (@MMuizzu) March 24, 2025
މޯލްޑިވްސް އިމިގްރޭޝަނުން އަލިމަސް ޔޫބީލް ފާހަގަކުރުމަށް އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވެއެވެ. އެގޮތުން ރަސްމީ ޖަލްސާއެއް ބޭއްވުމާއި، ފަންފެއަރ، ޗެރިޓީ ރަން، އަދި ކުޑަކުދިންގެ ހަވީރީ ކުއިޒް އެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.




