ކ. ތުލުސްދޫގައި ސްޓެލްކޯއިން އަލަށް އިމާރާތްކުރާ އިންޖީނުގެއާއި ކަސްޓަމާ ސާވިސް ބިލްޑިން އެޅުމަށް ހަވާލުކޮށްފިއެވެ.
ތުލުސްދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި ކަސްޓަމަރ ސާވިސް ބިލްޑިންގ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހު މީއެވެ. މަސައްކަތް ހަވާލުކުރި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ރާފިއު އެވެ.
11.9 މިލިއަން ރުފިޔާއަށް އެ މަސައްކަތް ކުރުމަށް ސަންވިލް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވަނީ 175 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.




