ޑަސްބިން ކޮތަޅަށް އަޅައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވަގަށް ސިނގިރޭޓް ނެރެނިކޮށް އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު ޑަސްބިންގ ކޮތަޅުތަކުގެ ތެރެެއިން ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލަ އެއް ބަލަމުން އަންނަ ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް މި އޮފީހުން މި ދަނީ ތަހުޤީޤުކުރަމުންނެވެ.
— Maldives Customs Service (@CustomsMv) March 25, 2025
ކަސްޓަމުން ހާމަކުރި މައުލޫމާތުގައި، ފެނުނީ ކިހާ އަދަދެއްގެ ސިނގިރޭޓް ކަމެއް އަދި އެތަކެތި ވަގަށް ނެރެން އުޅުނު މީހާއާއި ގުޅޭ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.





One Response
ހުސްވަގުން ސަހާދެއް