ރާއްޖެ ޓީވީން ގެނެސްދިން "ކާލާ ބައިސާ" ޕްރޮހގްރާމުގައި އޯޓިޒަމް އާއި ބެހޭގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން އެ ޓީވީން މާފަށް އެދެފޮއެވެ.
ރާއްޖެޓީވީން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ އެ ޓީވީން ލައިވްކޮށް ގެނެސްދިން "ކާލާ ބައިސާ" ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ދެއްކެވި ވާހަކަތަކަކާ ގުޅިގެނ،ް އެ ވާހަކަ ތަކަކީ އޯޓިޒަމް ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ދައްކާފައިވާ ވާހަކަތަކެއްކަމަށް ގިނަ ފަރާތްތަކަކުން ބުނަމުންދާތީ އެ ޓީވީގެ ފަރާތުން އެ ކަމަށް މާފަށް އެދޭ ކަމަށެވެ.
ރާއްޖެޓީވީން އެރޭ ދެއްކި ޕްރޮގްރާމުގައި މެހެމާނުންގެ ގޮތުގައި ބައިވެރިވެފައިވަނީ ރައީސް ޔާމީންގެ ޕީއެންއެފް ގެ ފްރޮންޓް އޮފީސް ޖަލްސާ ތަކުގައި ފެންނަ ދެ ބޭފުޅުން ކަމުގައިވާ ރައްޔޮތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓ)ާ އާއި އެމްއެންޑީއެފް ގެ އެސްޕީޖީގެ ކުރީގެ ކޮމާންޑަރ އަހްމަދު ފަޔާޒް (ޕާޕާ) އެވެ.
އެ ދެބޭފުޅުން އެ ޕްރޮގްރާމުގައި ވަނީ ރައީސް ޑރ.މުއިއްޒު އާއގުޅުވައި އޯޓިޒަމް ހުންނަ ފަރާތެއްކަމަށް ދޭހަވާގޮތަށް ވާހަކަދައްކާފައެވެ.




