ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފި އެވެ.
ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޭޖަރ ޖެނެރަލް ރިޓޔަރޑް އަލީ ޒުހައިރު އެވެ.
އެ ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓްރީން ބުނީ ކެލާގައި ގާއިމްކުރާ ރަށްވެހި އާސާރުގެ މަސައްކަތް ނިމިގެން ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއްގޮތަށް ކަމަށާއި، އޭގެ އިތުރުން އެ މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް އެ މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއް ވާނެ އަމާޒެއް ކަމަށެވެ.




