އީދު ބަންދުާ ދިމާކޮށް ހަފްތާއަކު 2 ދުވަހު ބ ފުޅަދޫ އަށް ސީޕްލޭންގެ ދަތުރު ތަކެއް ބާއްވަން މޯލްޑިވިއަނުން ނިންމައިފިއެވެ.
ޢީދާއި ދިމާކޮށް އެތެރޭގެ އުދުހުންތަކަށް އަންނަ ޑިމާންޑަށް ބެލުމަށްފަހު މޯލްޑިވިއަނުން އަންނަނީ ކޮންމެ އަހަރަކުވެސް އެ އެއާލައިނުން ދަތުރުކުރާ މަންޒިލްތަކަށް އިތުރު ދަތުރުތައް ބާއްވަމުންދެއެވެ. އެގޮތުން މި އަހަރުވެސް ޢީދު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ފަށަން ވަނީ ނިންމައިފައެވެ. އެގޮތުން މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ސީޕްލޭންގެ ދަތުރުތަށް ފުޅަދޫ އަށް ފށަން ވަނީ ހަމަޖެހިފައެވެ.
ބ އަތޮޅުގައި ވަކިން އޮންނައި ގޮއިދޫ ފެހެންދޫ ފުޅަދޫ އަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރުންފެށިގެން ޓިކެޓް ބްކް ކުރުމަށް ހުޅުވާލާފައިވާއިރު އެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ބްރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މާލެއިން ފުޅަދޫއަށް ކުރާ ސީޕްލޭން ދަތުރުގެ ދިގުމިނަކީ 25 މިނެޓުކަމަށެވެ.




