ޤުރްއާނަށް އަމަލުކޮށްގެން ނޫނީ ގެއްލިގެންދާ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޤުރްއާނަށް އަމަލުކޮށްގެން ނޫނީ ގެއްލިގެންދާ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެ ކަމަށާއި، ސިޔާސީ ޚިޔާލު ތަފާތުވުމުގައި އުފެދޭ ވާދަވެރިކަމުގެ ތެރެއިން އަބުރަށް އަރައިގަނެ އަދި އެ ނޫން ކަންކަމުގެ ތެރޭގައި ވެސް، އިންސާނީ ކަރާމަތަށް އަރައިގަންނަ ކަމަށާއި، ނަމަވެސް މިއީ ގުރުއާން ދަސްކޮށްދޭ ގޮތް ނޫން ކަމަށެވެ.
އެގޮތުން ބޭނުންހާ އެއްޗެއް މީހުންނާއި ދިމާލަށް ކިޔުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށާއި، އެކަމުގައިވެސް ހުދޫދުތަކެއް އޮންނަން ޖެހޭނެ ކަމަށެވެ.
ތިމަންނަ މަތިވެފައި، އަނެއް މީހާ ދަށްކޮށްލާފައި، ތިމަންނަ ބޭނުންވާހާ އެއްޗެއް އަނެއް މީހާއާ ދިމާއަށް ބުނުމުގެ ހައްގަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން. ހައްގުތަކާ އެކީގައި އޭގެ ހުދޫދުތައް ވެސް އޮވޭ، ރައިޓްސްއާ އެކީ ލިމިޓޭޝަންސް އޮވޭ، އެހެންނޫނީ އިންސާނީ މުޖުތަމައެއް ހެޔޮ ގޮތުގައި ކުރިއަށް ނުދާނެ،" ރައީސް ގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
އެ މައުލޫގައި ވާހަކަފުޅުދައްކަވަމުން އިތުރަށ ްރައީސް ވިދާޅުވީ އަމަލީގޮތުން ކަންކަން ކުރާއިރު ކަން ކަންކަން ކުރަންވީ ގޮތް ބަލާ، ދަސްކުރާ ފޮތަކަށް ވާންވީ ކީރިތި ގުރުއާން ކަމަށާއި، އެގޮތުން އަމަލީ ގޮތުން ކޮންމެ ދުވަހަކު އުޅުންތަކާއި ގުޅުންތައް ބައްޓަން އެ ފޮތުގައި ބުނާ ގޮތްތަކަށް ކަމަށެވެ.





2 Responses
ރަސޫލާގެ ސުންނަތަކީ ބޭކާރު އެއްޗެއްތޯ؟
ގުރުއާން އަތް މައްޗަށް ނަގައިގެން ހުރެ ރައްޔިތުންގެ ކުރިމަތީގައި އެޤުރުއާނަށް ޢަމަލު ކުރުމަށް ﷲ ގަންދީ ފުރަތަމަ ހުވާ ކުރާކުރާށެވެ.