ދަޢުލަތުގެ ބަޖެޓަށް ބަރޯސާނުވެ އަހަރަކު 100 މިލިޔަން ރުފިޔާއަށް ލިބޭވަރަށް އައުޤާފް އިންވެސްޓްމަންޓްތައް މި ދައުރުގެ ތެރޭގައި ފުޅަކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުބވެއްޖެއެވެ.
ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ އަޢުޤާފް މަޝްރޫޢުތައް ފުޅާކުރުމަށް މިނިސްޓްރީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މި ރޯދަ މަހަށް ފަހު އެފަދަ ބޮޑު 2 މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަދި އަމާޒަކީ އަމާޒަކީ 2045 އަންނައިރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ދަޢުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަދުވެގެން އަހަރަކު 100 މިލިޔަން ރުފިޔާ ލިބޭވަރަށް އައުޤާފް އިންވެސްޓްމަންޓްތައް މި ދައުރުގެ ތެރޭގައި ފުޅާކުރުން ކަމަށެވެ.
އެގޮތުން އެކަން ހާސިލްކުރުމަށް ބޭނުންވާ ފަންޑު ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖެހިފައިވާ ކަމަށާއި، އެ މަޝްރޫޢުތައް ފުރިހަމަވުމުން 2045 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު 70 ވަރަކަށް މިލިޔަން ރުފިޔާ އިސްލާމީ ފަންޑަށް ވަންނާނެ ކަމަށެވެ.




