މިއަދު އައި ބާރުގަދަ ބިންހެލުމާގުޅިގެން ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ މިރޭ 12 ޖެހުމާ ހަމައަށް އެގައުމަށް އުރީދު އިން ހިލޭ ގުޅޭނެ ކަމަށް ބުނެފިއެވެ.
ރެކްޓަރ މިންގަނޑުން 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި މިޔަންމާ އަށް އައި ބިންހެލުމުގެ އަސަރު އަސަރު އިންޑިއާ، ބަންގްލަދޭޝް، ލާއޯސް، މިޔަންމާ، ތައިލެންޑް އަދި ޗައިނާއަށް ކޮށްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެއެވެ.
މިއަދު ތައިލޭންޑް އަށް އައި ބިން ހެލުމާއި ގުޅިގެން އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް ގުޅުން މިރޭ މެންދަމު 12 ޖެހުމާއި ހަމައަށް އެއްވެސް އަގެއް ނުނެގުމަށް ވަނީ ހަމަ ޖެހިފައެވެ. މިވަގުތުގައި އާއިލާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެން ދާނެކަމަށް އުއްމީދުކުރަމެވެ.
ފޮރިންގ މިނިސްޓްރީންވެސް ވަނީ ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލު ބަލަމުންއަންނަ ކަމަށް ބުނެފައެވެ.




