ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް އޮރެންޖް ހިޔާ ނިންމުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.
މޯލްޑިވްސް ނެޥަނަލް ޑިފެންސް ފޯސް އެމްއެންޑީއެފް އިން ބުނީ ހުޅުމާލޭގަ ހުންނަ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު އަވަހަށް ބަދަލުކުުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ސިފައިން އެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
ހުޅުމާލޭގަ ހުންނަ އޮރެންޖު ހިޔާ އަށް ތެލެސީމިއާ ސެންޓަރު އަވަހަށް ބަދަލުކުުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ސިފައިން އެ މަސައްކަތް މިއަދު ފަށައިފި. pic.twitter.com/oFVzX1S5n4
— Maldives National Defence Force (@MNDF_Official) March 28, 2025
އޮރެންޖު ހިޔާގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިމަހު 23 ވަނަ ދުވަހު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އިމާރާތުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ބައްލަވައި އިތުރަށް ކުރަން ހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ.
އަދި އެ ޒިޔާރަތުގައި ރައީސް ވަނީ އާ އިމާރާތަށް ތެލަސީމިއާގެ ޚިދުމަތްތައް ބަދަލުކުރެއްވުމުގެ ތެރޭގައި އެއްވެސް ހިދުމަތަކަށް ބުރޫނާރާނެހެން އެ ކަން ކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއްނެތި ޚިދުމަތް ދެވޭނެގޮތަށް، އާ އިމާރާތަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް އިރުޝާދު ދެއްވާފައިއެވެ.




