އައު މަހެއްގެ ފެށުމަށް ހަމަލޮލަށް ހަނދުފެންނަން ނުޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ހިޖުރީގޮތުން އައު މަހެއްގެ ފެށުމާ ގުޅޭގޮތުން އެމަނިކުފާނުގެ އެސް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވީ ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނުވާ ކަމަށާއި، އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީ ކަމަށެވެ.
ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫނެވެ. އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީއެވެ.
— Maumoon Abdul Gayoom (@maumoonagayoom) March 28, 2025
މައުމޫނު ވަނީ މާދަމާ (އޭޕްރީލް 30 ވާ އާއދިއްތަ ދުވަހަކީ) މިއަހަރުގެ ފިތުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާ އާއި، މިޞުރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކައެވެ.
އެހެންކަމުން ޖެހިގެން އަންނަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށެވެ. އިތުރަށް ރައީސް މައުމޫނު ވިދާޅުވީ މާރިޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެވެސް 29 ވަނަ ދުވަސް ކަމަށާއި އެދުވަހު ރާއްޖެއަށް އިރުއޮއްސެނީ 8:14 ގައި ކަމަށާއި އިދު އޮއްސެނީވެސް ހަމަ އެގަޑީގައި ކަމަށެވެ.





One Response
ތިޔަހެންތިކަންއޮތްއިރު ހަނދުބަލަން ރައްރަށުގެވެރިންނަށްއަންގައިގެން މީހުންއަތިރިމައްޗަށްފޮނުވައި ހަނދުބެއްލެވުމަށް މަނިކުފާނުގެވެރިކަމުގައި އަމުރުކުރެއްވީ ކީއްވެތޯއެވެ