ނ. ވެލިދު އާއި ކ. ކާށިދޫގެ އިތުރުން ލ. ގަމުގައި ކޮމިއުނިޓީ ބޭސްޑް ރިހެބެލިޓޭޝަން ސެންޓަރ ތަރައްގީކުރުމަށް އާރުޑީސީއާއި ހަވާލުކޮށްފި އެވެ.
ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު (ރާޑޯ) އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރު އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ފުޅާކުރުމަށް އެންޑީއޭ އިން މިހާރު ގިނަ މަސައްކަތްތަކެއްކޮށް ކުރަމުން އަޖންނަ އިރު މިކަން މުޅި ރާއްޖެ އަށް ފުޅާކުރަން ހާއްސަ ސަމާލު ކަމެއް ދީފައިވެ އެވެ.




