ގއ ވިލިނގިލި، ށ މިލަންދޫ، ކ ތުލުސްދޫ އއ ރަސްދޫގައި އައު ހޮސްޕިޓަލް ތަރައްގީކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.
ރާއްޖޭގެ ރައްޔިތުންނަށް ޒަމާނީ ސިއްހީ ފަރުވާ ފޯޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން 4 ހޮސްޕިޓަލް ތަރައްގީކުރުމަށް އެމްޓީސީސީ އާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަރައްގީކުރެވޭ ހޮސްޕިޓަލް ތަކަކީ އެއްމެ ޒަމާނީ ވަސީލަތްތަކާއެކު ޒަމާނީ ބިނާކުރުމުގެ ވައްޓަފާޅި ފެންނަގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލް ތަކެކެވެ.
We have signed with @MoHmv for the development of healthcare infrastructure across five islands, including hospitals in Sh. Milandhoo, K. Thulusdhoo, AA. Rasdhoo, and GA. Villingili, and a health center in HDh. Nellaidhoo.
This project will strengthen healthcare services… pic.twitter.com/geRaLritNe
— MTCC Plc (@MTCCPlc) March 29, 2025
އެއްބަސްވުންތަކުގައި ސޮއިކުުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ގާސިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހްމަދު ސައުދީ އެވެ.