ޓެސްލާ ގެ ސީއީއޯ އީލޮން މަސްކުގެ "އެކްސް" އީލޮން މަސްކް ގެ "އެކްސް އޭއައި" އަށް ވިއްކާލައިފިއެވެ.
އިއްޔެ ހިންގާފައިވާ މި މުއާމަލާތުގެ އަގަކީ 45 ބިލިއަން އެމެރިކާ ޑޮލަރުކަމަށް އިޅޮން މަސްކް އެކްސް ގައި ބުނެފައިވެއެވެ. 2022 ވަނަ އަހަރު ކުރީގެ ޓްވިޓަރ އީލޮން މަސްކް ގަނެފައިވަނީ 44 ބިލިއަން ޑޮލަރަށެވެ.
އިއްޔެ މުއާމަލާތާ ގުޅިގެން އެކްސް ގެ ވެލިއު މިހާރު 12 ބިލިއަނުގެ ޑެބިޓަކާއެކު 33 ބިލިއަން ޑޮރަށް އަރާނެ ކަމަށް މަސްކު ބުނެފައިވެއެވެ.
2022 ވަނަ އަހަރު މަސްކް ޓްވިޓާ ގަތުމަށްފަހު 2023 ވަނަ އަހަރު ޓްވިޓާގެ ނަން ވަނީ އެކްސް އަށް ރީބްރޭންޑް ކޮށްފައެވެ.




