މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހުޅުމާލެ ނުހިމެނޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިތީ ކައުންުން ބުނީ ފިތުރު ޢީދާއި ގުޅިގެން މިއަދު ހަވީރު 16:00- 18:00 އަށް ހިނގާފައި އުޅެން މިހާރު ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީގެ، މާލެ ، ވިލިމާލޭގައި އެކަނި ކަމަށެވެ.
ފިތުރު ޢީދާއި ގުޅިގެން މިއަދު ހަވީރު 16:00- 18:00 އަށް ހިނގާފައި އުޅެން މިހާރު ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީގެ، މާލެ ، ވިލިމާލެގައެވެ.
@MoTCAmv @PoliceMv https://t.co/bl9cDCbVh6— Malé City Council (@MaleCitymv) March 30, 2025
މީގެ ކުރިން މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވެހިކަލް ދުއްވުން މަނާ ތަންތަނުގެ ތެރޭގައި ހުޅުމާލެވެސް ހިމަނާފައިވެއެވެ. އެގޮތުން ކުރިން އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނީ 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް 13 ޖޫން 2024 ވަނަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށެވެ.
އެހެންކަމުން ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި މަތީގައި ދެންނެވިފައިވާ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.




