އާއިލާއަށް ވީނުވީއެއް ނޭނގި ހަބަރެއްނުވާތީ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ފުލުހުން ހޯދަން އިއުލާނުކޮށްްފައިވާ ނ. މަނަދޫ، އުމުރުން 37 އަހަރުގެ އަބްދުﷲ ޝިހާދު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮސްފިއެވެ.
މަސްތުވާތަކެއްޗާއެކު އޭނާ ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެ ކުރުމާއި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގަ އެވެ.
އާއިލާއިން ރިޕޯޓް ކޮށްފައިވާތީ އޭނާ ހޯދަމުން ދާކަމަށާއި، އޭނަގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު 4:41 ގައި ކަމަށާއި އޭގެ ފަހުން ޝިހާދުގެ ހަބަރެއް ނުވާކަމަށް އާއިލާއިން ބުނެފައިވާ ކަމަށް ކުރިން ފުލުހުން ބުނެފައިވެއެވެ.




