އަލިފާނުގެ ހާދިސާގައި ފިހުނު ރަސްދޫ ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެ އެވެ.
މިިދިޔަ ހޯމަ ދުވަހުގެ ރޭ އެ ދެމަފިރިން ރަސްދޫގައި ދިރިއުޅޭ ގޭގެ ކޮޓަރީގެ ތެރޭގައި ހިނގި އެ ހާދިސާއާ ގުޅިގެން ފަރުވާއަށް މާލެ ގެނައި އިރު މީހުންގެ ހަށިގަނޑުގެ 80-90 ޕަސެންޓް އޮތީ ފިހިފައިކަމަށާއި، ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ވަރަށްކުޑަކަމަށް ޑިކްޓަރުން ވަނީ ބުނެފައެވެ.
އުމުރުން 31 އަހަރުގެ އެ އަންހެން މީހާ ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. އެ ހާދިސާގައި ފިރިހުނު ފިރިހެން މީހާއަށްވެސްއައިޖީމއެމް ހިޮސްޕިޓަލުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ ޝައިލާޝް ވީ ރަނާދު ރާއްޖެ އައިސް އެ 2 މީހުންގެ ފަރުވާގެ ކަންކަން ވަނީ ބަލާފައެވެ. އަދި އެ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށްގެންދަނީ އެ ޑޮކްޓަރުގެ ލަފާގެމަތިން ކަމަށްވަނީ ބުނެފައެވެ.




