ރ.މަޑުއްވަރީގައި ރޭ ހިނގި މާރާމާރީއަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ރަށުގައި މާރާމާރީއެއް ހިނަގައިގެންއުޅޭ ކަމުގެ މައުލޫމާތު ރިޕޯޓް ކޮށްފައިވަނީ ރޭ 11:28 ގައި ކަމަށާއި، މިމައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި އެރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި އެ މާރާމާރީގައި އަނިޔާވި މީހަކަށް އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.




