ވޭތިވެ ދިޔަ 3 މަހު އެވްރެޖްކޮށް ދުވާލަކު 6900 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓަރީން އާންމުކުރަމުން އަންނަ ޓޫރިޒަމް އަޕްޑޭޓް ތަކުން ދައްކާ ގޮތުން މާރިޗް މަހުގެ 26 ގެ ނިއަލަށް 593،956 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން 70،797 އަކީ ޗައިނާގެ ފަތުރުވެރިންނެވެ. އެހެންކަމުން އެ މުއްދަތުގައި ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ %12 ހިއްސާކުރަނީ ޗައިނާ އެވެ.
މި މުއްދަތުގައި 2 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާ އިންނެވެ. މި މުއްދަތުގައި ރަޝިޔާއިން 63،241 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 3 ވަނައަށް އެންމެ ގިނައި ފަތުރުވެރިން ޒިޔާރަތްކޮސްފައިވަނީ 60،862 ފަތުރުވެރިންނާ އެކު އިނގިރޭސި ވިލާތެވެ.
މި މުއްދަތުގައި 4 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮސްފައިވަނީ އިޓަލީ އިންނެޗވެ. މި މުއްދަތުގައި އެ ގައުމުން 55،377 ފަތުރުވެރިން ޒިޔާރަތްކޮސްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މާރިޗް މަހުގެ 26 ގެ ނިއަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %69 އަކީ ރިސޯޓްތަކަށް ޒިޔާރަތްކުރި ފަތުރުވެރިންނެވެ. އަދި %25.5 އަކީ ގެސްޓް ހައުސް ތަކަށް ޒިޔާރަތްކުރި ފަތުރުވެރިންނެވެ. ގެސްޓުހައުސްތަކުން %2.9 ހިއްސާކޮށްފައިވާއިރު ސަފާރީތަކުން ހިއްސާކޮށްފައިވަނީ %2.5 އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.




