އޯޓިޒަމް ތަޙައްމަލްކުރާ ކުދިންނަށް އަޅާލުމާ ލޯބި ދިނުމަކީ ގައުމީ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ދުނިޔޭގައި މިއަދު ފާހަގަކުރަމުންގެންދާ ބައިނަލް އަގްވާމީ އޯޓިޒަމް ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
— Dr Mohamed Muizzu (@MMuizzu) April 2, 2025
އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ކޮންމެ ދިވެހި ދަރިއަކީ މިގައުމަށް އަގުހުރި ދަރިއެއް ކަމަށާއި، އޯޓިޒަމް ތަޙައްމަލްކުރާ ކޮންމެ ކުއްޖަކީވެސް ގައުމަށް މަންފާކޮށްދޭނެ އެތަށްހުނަރެއް ހުރި ކުދިން ކަމަށާއި، އެކުދިންނަށް އަޅާލުމާ ލޯބި ދިނުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.




