އަސާސީ ކާބޯތަކެތީގެ ކޯޓާ މީގެކުރިން އިތުރުކޮށްދީފައިނުވާ މިންވަރަށް އިންޑިއާއިން ރާއްޖެއަށް އިތުރުކޮށްދީފި އެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާގޮތުގައ މި ފަހަރު ރާއްޖެ އަށް އިތުރުކޮށް ދިން ކޯޓާ އަކީ 1981 އެއްބަސްވުން ހެދި ފަހުން މިހާތަނަށް ހުއްދަ ދޭ ނުވަތަ ކޯޓާ އިތުރުކޮށްދޭ އެންމެ ބޮޑު އަދަދު ކަމަށެވެ.
ކާޑުގެ ބާވަތްތަކާއި އިންޑިއާއިން ކޮންޓްރޯލްކޮށްގެން އެކްސްޕޯޓް ކުރާ އަސާސީ އެހެނިހެން ބާވަތްތަކުގެ ކޯޓާ ރާއްޖެއަށް އިތުރުކޮށް ދީފައިވާތީ އެ ގައުމަށް ރާއްޖެ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އިންޑިއާއަށް ޝުކުރުއަދާކޮސްފޮރިން މިނިސްްޓްރީން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ 2026 ވަނަ އަހަރާއި 2026 ގެ ނިއަލަށް އިންޑިއާއިން އެކްސްޕޯޓް ކުރުމުގައި ކޮންޓްރޯލް ކޮށްފައިވާ ޒަރޫރީ ތަކެތި ރާއްޖެއަށް ފޯރުކޮށް ދިނުމަށް އިންޑިއާ ސަރުކާރުން ދެއްވި އެއްބާރުލުމަށް ރާއްޖެ އިން އިން އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ.
އަދި އެފަދަ ކަންކަމުން ދައްކުވައި ދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުހެ ހަރުދަނާކަން ކަމަށްވެސް ފޮރިން މިނިސްޓްރީގެ ޕޯސްޓްގައި ބުނެފައިވެއެވެ.
އިންޑިއާއިން ވަނީ ރާއްޖެއަށް އެގައުމުން އެތެރެކުރާ ފިޔާ، އަލުވި، ބިސް އަދި ހަކުރާއި ފުށް ފަދަ ބާވަތްތަކުގެ ކޯޓާ 5 ޕަސެންޓަށް އިތުރުކޮށްދީފައެވެ. އަދި މުގު އެތެރެކުރެވޭ މިންވަރު 56 ޕަސެންޓަށް އިތުރުކޮށްދީފައެވެ. މީގެ ކުރިން އެގައުމުން ގައުމުން އަސާސީ ބައެއް ތަކެތި އެކްސްޕޯޓް ކުރުން މަނާކުރި ބައެއް ފަހަރު ތަކުގައިވެސް އެގައުމުން ރާއްޖެއަށް ބޭނުންވާ މިންވަރަށް ތަކެތި އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފައިވެއެވެ.




