ރައްކާތެރި ބޯފެނާއި ނަރުދަމާ ގެ ޙިދުމަތް ރާއްޖޭގެ ހިުރިހާ ރައްތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ތެރެއިން އެމްޑަބްލިއެސްސީއާއި ޙަވާލުކޮފައިވާ 9 ރަށުގައި އެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން ވިދާޅުވެއްޖެއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ މަތީން އެކަން ހާމަކުރައްވައި އެކްސް ގައި ކުރައްވާފައިވާ ޕޯސްޓް ގައި ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްފައި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓް ތަކުގެ ތެރެއިން ށ.ނޫމަރާގެ މަސައްކަތް ކުރުމަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންގޮސް، އާރ.އޯ ބިލްޑިންގް ގެ ސައިޓް ސާފުކުރުމުގެ މަސައްކަތް އެމްޑްބްލިޔުއެސްސީގެ މުވައްޒަފުންވަނީ ފަށާފައި ކަމަށާއި އަދި ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ ސަރވޭގެ މަސައްކަތްވެސް މިހާރު ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.
އަދި ށ. ބިލެތްފަހީގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގ ސައިޓް ސާފުކުރުމުގެ މަސައްކަތް އެމްޑްބްލިޔުއެސްސީގެ މުވައްޒަފުންވަނީ ފަށާފައި ކަމަށާއި ނ.މިލަދޫގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގް ގެ އެތެރޭގެ މަސައްކަތާއި އެކު ފެންމީޓަރ ތައް އެސެމްބްލް ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންވަނީ މިހާރު ފަށާފައިވާކަމަށާއި، ނ.މަގޫދޫގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދެވި ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ ސަރވޭގެ މަސައްކަތާއި ފެންމީޓަރތައް ގޭގެއަށް ގުޅުމުގެ މަސައްކަތާއި އެކު އާރ.އޯ ބިލްޑިންގް ސައިޓް ސާފުކުރުމުގެ މަސައްކަތްވަނީ ފަށާއިކަމަށެވެ.
ސާފުފެނާއި ރައްކާތެރި ނަރުދަމާ މުޅި އާބާދީއަށް ކަށަވަރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން @MoCImv އިން @MWSC_Official އާއި ހަވާލުކުރައްވައިގެން ކުރިޔަށް ގެންދަވާ ރަށްްރަށުގެ ޢަަމަލީ މަސައްކަތް ފެށިގެން މިވަނީ ކުރިއަށްް ދާންފަށާފައި. މިގޮތުން:
1-ށ.ނޫމަރާގެ މަސައްކަތް… pic.twitter.com/mfgIZIBLnl
— Abdul Matheen (@amathyn) April 3, 2025
މީގެ އިތުރުން ބ.ކުޑަރިކިލުގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދިޔުމާއެކު އާރ.އޯ ބިލްޑިންގް ގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަމަށް އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން ވަނީ ސައިޓަށް ގޮސްފައި ކަމަށާއި، އދ.ފެންފުށީފެ ފެނުގެ ނިޒާމުގެ މަސައްކަތް އަލުން ފަށައިގަތުމަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގް ސައިޓު ސާފު ކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން ކުރަމުންދާ ކަމަށާއި، މ.ރަތްމަންދޫގެ ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ މަސައްކަތްތައްތަކާއި އެކު އާރ.އޯ ބިލްޑިންގް ސައިޓް ސާފުކުރުމުގެ މަސަކަތް ވަނީ ފަށައިގަނެވިފައިވާކަމަށެވެ.
އަދި ތ.ދިޔަމިގިލީގެ މަސައްކަތް ފެށުމަށް އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގގެ ސައިޓް ސާފު ކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން ވަނީ ފަށާފައިވާކަމަށާއި، ތ.މަޑިފުށީގެ މަސައްކަތް ފެށުމަށް އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގގެ ސައިޓް ސާފު ކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން ވަނީ ފަށާފައި ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.




