އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމަނަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
އެކަން ހާމަކޮސް އެ މިނިސްޓްރީން ހާމަކޮސްފައި ވަނީ އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމަނަން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށާއި، އެ މިސްކިތަކީ ވަރަށް މަތީފެންވަރުގެ ރީތި ހިރިގަލުގެ ފަންނީ މަސައްކަތްތަކެއް ފެންނަ މިސްކިތެއް ކަމަށެވެ،
އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމަނަން ވުޒާރާއިން ނިންމައިފި. މިއީ ވަރަށް މަތީފެންވަރުގެ ރީތި ހިރިގަލުގެ ފަންނީ މަސައްކަތްތަކެއް ފެންނަ މިސްކިތެއް. #ދައުލަތުގެޓީމުhttps://t.co/Z9gRyUIWeM pic.twitter.com/0XqKDICs4n
— Ministry of Dhivehi Language, Culture and Heritage (@MoDLCH) April 3, 2025
ރާއްޖޭގެ ރަށްތަކުގައި ހުރި ދުވަސްވީ ތަރިކަ ރައްކާތެރިކޮށް އާސާރީ ބިނާތައް އަންނަ އޮތް ޖީލުތަކަށް ފެންނާނެގޮތަށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތްކައްތާއި އެތަންތަނުގެ ހާލަތު ދެނެގަތުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ދަނީ އެރަށްރަށް ޒިޔާރަތްކޮށް މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ލިސްޓުގައި ހިމެނުމާއި ގުޅޭގޮތުން ދިވެހިބަހާއި ސަގާފަތާއި ބެހޭ މިނިސްޓަރ އާދަމް ނަޞީރު އިބްރާހީމާއި މާމިގިލީ ކައުންސިލްގެ ރައީސް ޢިމާދު ފާރޫޤު ވަނީ މަޝްވަރާކުރައްވާފައިއެވެ.




