އއ. ހިމަންދޫގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ، އަޑިއަށް ހިނގައްޖެ އެވެ.
ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ އއ އަތޮޅާއި މާލެ އާއިދެމެދު ދަތުރުކުރާ ކައެލްވިންގް ކިޔާ 50 މީހުންގެ ޖާގައި ލޯންޗެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެ ލޯންޗް ވަނީ މިއަދު ހެނދުނު މާލެ އައުމަށް ފުރަން ތަޔައްޔާރުވެފައެވެ.
ލޯންޗުގައި ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މުޅި ލޯންޗުގައި ހުޅުހިދފައި ލޯންޗް ވަނީ އަޑިއަށް ގޮސްފައެވެ.
ލޯންޗް ގައި އަލިފާން ރޯވި ސަބަބެއް ސާފެއްނުވެއެވެ.




