ޝެންޒެން އިން ޝަންހާއީއަށް ފުރަން ތައްޔާރުވެފައި އޮތް ޝެންޒެން އެއާލައިންސް ގެ ފްލައިޓެއްގައި ކައިރި ކައިރީގައި ތިބި އަންހެން 2 ޕަސިންޖަރުން އެކަކުއަނެކަކު ގައިން ނުބައި ވަސްދުވާކަމަށް ބުނެ މާރާމާރީ ހިންގުމުން ފުލައިޓް ފުރުން ލަސްވެއްޖެ އެވެ.
ޝެންޒެން ބިޒްނަސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެބަސްވުން ހަމަނުޖެހުންތަކަށް ބަދަލުވެ، ދެ މީހުން ދެމެދު މާރާމާރީ ހިންގަން ފެށުމުން ފްލައިޓް އެޓެންޑެންޓުން ވަނީ އެ 2 އަންހެނުން ހުއްޓުވަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ހާދިސާ އިތުރަށް ގޯސްވެ، އޭގެ ތެރެއިން އަންހެނަކު އަންހެން އެޓެންޑެންޓެއްގެ ގައިގައި ބައްދައިގަނެ ދަތް އަޅާފައިވެއެވެ. އަދި ހާދިސާއާއި ގުޅިގެން ފުލުހުން ބޯޓަށް އަރައި މާރާމާރީ ހިންގި 2 މީހުން ބޯޓުން ބާލުވާފައިވާއިރު އަނިޔާ ލިބުނު ފްލައިޓް އެޓެންޑެންޓް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މާރާ،މާރީ ހިންގި އަންހެން ފަސިންޖަރުން ފްލައިޓުން ނެރެން ފުލުހުން މަސައްކަތް ކުރުމުން ބޯޓުގައި ތިބި އެހެން ޕަސިންޖަރުންނަށްވެސް އެމީހުންގެ ފަރާތުން ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެކަމުގެ ސަބަބުން ބޯޓުން އެންމެން ބާލަން ޖެހުނުކަމަށްވެސް ބުނެފައިވެއެވެ.
އެކަމުގެ ސަބަބުން ބޯޓުން ފަސިންޖަރުން ބާލައި 2 ގަޑިއިރު ފަހުން ފުލައިޓްގެ ޕަސިންޖަރުން އަލުން ބޯޑުކޮށް ފުރުވާލާފައިވާ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.




